
ނެޓްބޯޅަ
ނެޓްބޯޅަ މުބާރާތަށް ޓީމްތައް ތައްޔާރުވާން ފަށައިފި
އޮފީސްތަކުގެ މެދުގައި ކުޅެވޭ ނެޓްބޯޅަ މުބާރާތަށް ޓީމްތަކުން ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން މިހާތަނަށް މައުލޫމާތު ލިބޭގޮތުން، ވިލިނގިލީ ކައުންސިލް، ކޫއްޑޫ އެއަރޕޯޓް އަދި އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ޓީމްތަކަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އޮފީސްތަކުގެ މެދުގައި ކުޅެވޭ ނެޓްބޯޅަ މުބާރާތް ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވިގެންދާނެކަމަށް ކައުންސިލުން އެކުލަވާލި ކުޅިވަރު ކަލަންޑަރުގައި ވަނީ ފާހަނގަކޮށްފައެވެ.