ވެބްސައިޓާއި ބެހޭ

މިވެބްސައިޓަކީ ވިލިނގިލީގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޚަބަރުތައް އެއްތަނަކުން ފެންނާނެހެން ހެދުމަށްޓަކައި، ވިލިނގިލީ ކައުންސިލުގެ ފަރާތުން އެކުލަވާލާފައިވާ ކުޅިވަރު ކޮމިޓީއިން ކުރިއަށްގެންދާ ވެބްސައިޓެކެވެ.

މިވެބްސައިޓް މެދުވެރިކޮށް، ވިލިނގިލީގައި ކުޅޭ އެކި މުބާރާތްތަކުގެ ޚަބަރުތަކާއި، މެޗުތަކުގެ ތާވަލް، ޓީމްތަކާއި ބެހޭ މައުލޫމާތު، ކުޅުންތެރިންގެ މައުލޫމާތު، އަދި ތަފާސްހިސާބު ބެލޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

އަދި މީގެ އިތުރަށް، ވިލިނގިލީގައި ކުރިއަށްދާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ މައުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ގެނެސްދެވޭނެއެވެ.