
ފުޓްބޯޅަ
3 ޓީމާއެކު ފުޓްބޯލް ޓޯނަމެންޓް ޖޫން 17 ވަނަ ދުވަހު ފަށަނީ!
3 ޓީމާއެކު ކުޅިވަރެ.ކޮމް ފުޓްބޯޅަ ޓޯނަމެންޓް 2022، ޖޫން 17 ވަނަ ދުވަހު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ 3 ޓީމަކީ:-
1- ޖަންގަލް ސްޕޯޓްސް ކްލަބް
2- މޭރީ ސްޕޯޓްސް ކްލަބް
3- ވިލި ޕޮލިސް ކްލަބް
ގްރޫޕް ސްޓޭޖްގެ 3 މެޗުން އެންމެ ކުރި ހޯދާ ދެޓީމް ފައިނަލް މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވާ މެޗް އޮންނާނީ ޖޫން 20 ވަނަދުވަހުގެ ހަވީރު 16:00 ގައެވެ. މިމުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ތަފާސް ހިސާބު މިވެބްސައިޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.