ފިއޮންތި ނެޓްބޯލް ލީގް 2022 މެއި 1 ގައި ފަށަނީ

ފިއޮންތި ނެޓްބޯލް އެކަޑެމީއިން ގއ.ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިއޮންތި ނެޓްބޯލް ލީގް، މޭމަހު 1 ވަނަދުވަހު ގއ.ވިލިނގިލީގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ލީގު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މޭމަހު 1 އިން ފެށިގެން އެމަހު 3 ގެ ނިޔަލަށެވެ. މި ލީގުގައި 5 ޓީމަކުން ބައިވެރިވެ ވާދަކުރާއިރު މި ޓީމުތަކުގައި ކުޅޭ ކުޅުންތެރީންނަކީ، ފިއޮންތި އެކަޑެމީއިން ތަމްރީނުވަމުންދާ ކުޅުންތެރިންތަކެއްކަމުގައިވެސް ފާހަނގަކޮށްލަމެވެ.

ނެޓްބޯޅަ ހަރަކާތްތައް ވިލިނގިލީގައި ކުރިއަށް ގެންދިއުމަށް ފިއޮންތި ސްޕޯޓްސް އެކެޑަމީއާއި ވިލިނގިލީ ކައުންސިލާއި ދެމެދު 13 ފެބްރުއަރީ 2022 އިން ފެށިގެން 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ. މިއެއްބަސްވުމުގެ ދަށުން ފިއޮންތި ސްޕޯޓްސް އެކަޑަމީގެ ފަރާތުން، އެކަޑެމީ ހިންގުމާއި، މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply