ޓެކާސް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގެ މެޗްތައް

ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ގއ. އަތޮޅު މުބާރާތުގެ ފުރަތަމަ ދުވަހު ދެމެޗެއް ކުޅެވިގެން ދިޔައެވެ. މިގޮތުން ފުރަތަމަ މެޗްގައި ގއ. ވިލިނގިލީ ޓީމާއި ކޮނޑޭ ޓީމް ބައްދަލުކުރި މެޗް 2-1 ލަނޑުން ކާމިޔާބުކުރީ ކޮނޑޭގެ ފުޓްސަލް ޓީމެވެ. ފޯރި ގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއެވެ.

ދެވަނަ މެޗްގައި މާމެންދޫ ޓީމާއި ބައްދަލުކުރީ ނިލަންދޫގެ ފުޓްސަލް ޓީމެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފް ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް މާމެންދޫ އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑް ނަގާފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިމެޗްގެ ބާކީ އޮތް ވަގުތުކޮޅު ވަނީ އެހެން ދުވަހެއްގައި ކުޅެން ނިންމާފައެވެ.

މާދަމާވެސް މުބާރާތުގެ ދެމެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ހަވީރު 16:00 ގައި ބައްދަލުކުރާނީ ކޮނޑޭ އަދި މާމެންދޫގެ ފުޓްސަލް ޓީމެވެ. 17:00 ގައި ބައްދަލުކުރާނީ ވިލިނގިލީ އަދި ނިލަންދޫގެ ފުޓްސަލް ޓީމެވެ.

Leave a Reply