
ފުޓްސަލް
ޓެކާސް ޗެމްޕިއަންޝިޕަށް ވިލިނިގިލީ ޓީމުން ތައްޔާރުވާން ފަށައިފި
ޓެކާސް މައިލޯ ފުޓްސަލް ޗެމްޕިއަންޝިޕްގެ ގއ. އަތޮޅު މުބާރާތަށް ވިލިނިގިލި ފުޓްސަލް ޓީމުން ޕްރެކްޓިސްތައް ފަށައިފިއެވެ. މި މުބާރާތުގައި ވިލިނގިލި ޓީމުން ވާދަކުރާނީ ޝަމީލް އަބްދުލް އަޒީޒް (އޮޅޭ)ގެ ކޯޗްކަމުގެ ދަށުންނެވެ. ޝަމީލަކީ އޭ.އެފް.ސީ ސީ ލައިސެންސް ކޯޗެއްކަން ފާހަނގަކޮށްލަމެވެ.
ޓެކާސް ގއ. އަތޮޅު މުބާރާތުގައި ވިލނގިލީގެ އިތުރުން މާމެންދޫ، ނިލަންދޫ އަދި ކޮނޑޭގެ ފުޓްސަލްޓީމް ވަނީ ބައިވެރިވެފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 މެއި 2022 ވަނަ ދުވަހުގެ ހަވީރު ވިލިނގިލީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ގއ. ވިިލިނގިލި އަަދި ގއ. ނިލަންދޫގެ ފުޓްސަލް ޓީމެވެ.