
ފުޓްސަލް
ޓެކާސް ޒޯން 4 ބްލޮކް 1 ގެ ޗެމްޕިއަންކަން ވާދޫއަށް
ޓެކާސް ޒޯން 4 ގެ ބްލޮކް 1 ގެ ފައިނަލް މެޗްގައި ބައްދަލުކުރީ ގއ އަތޮޅުގެ ޗެމްޕިއަން ކޮނޑޭ އަދި ގދ އަތޮޅުގެ ޗެމްޕިއަން ވާދޫއެވެ. މިމެޗް 2-0 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ކަށަވަރުކުރީ ވާދޫ ފުޓްސަލް ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވާދޫ ޓީމުގެ ނަޝާހު އަހުމަދެވެ.