ޓެކާސް ގއ އަތޮޅުގެ ޗެމްޕިއަންކަމަށް ކޮނޑޭ ފުޓްސަލް ޓީމް

ޓެކާސް ޗެމްޕިއަންޝިޕްގެ ގއ. އަތޮޅުގެ ޗެމްޕިއަން ހޮވުމުގެ ގޮތުން ކުޅުނު ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ލަނޑުން ދެޓީމު އެއްވަރުވެ، ޕެނެލްޓީ ކާމިޔާބު ކޮށްގެން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކޮނޑޭގެ ފުޓްސަލްޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ އަހުމަދު ރީހާން އެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއު އެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީވެސް އިންޝާއު އެވެ. އެންމެ މޮޅު ޕްލޭ މޭކަރ އަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ މުހައްމަދު އިމްތިޔާޒެވެ. އެންމެ މޮޅު ގޯލް ކީޕަރ އަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ މުހައްމަދު ރިއުޝާންއެވެ. އެންމެ މޮޅު ކޯޗަކީ ކޮނޑޭ ޓީމުގެ ކިންނަތުއެވެ. ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާމެންދޫ ޓީމުގެ ރައުހާންއެވެ.

އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، މާމެންދޫ ޓީމުގެ ރައުހާން އަދި އަހުޝަމް، ނިލަންދޫ ޓީމުގެ ޔޫނުސް އަދި މައުފޫޒް، ކޮނޑޭ ޓީމުގެ އިމްތިޔާޒެވެ.

ޓެކާސް ޒޯން 4 ގެ ބްލޮކް 1 ފައިނަލް މެޗް މާދަމާ ހަވީރު 04:00 ގައި ވިލިނގިލީ ދަނޑުގައި އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގއ އަތޮޅުގެ ޗެމްޕިއަން ކޮނޑޭ އަދި ގދ ގެ ޗެމްޕިއަން ވާދޫގެ ފުޓްސަލް ޓީމެވެ.

 

Leave a Reply