ޓެކާސް މޯލްޑިވްސް ކަޕް ޒޯން 4ގެ ގއ. ގެ މެޗްތައް މެއި 15 ވަނަދުވަހު ފަަށަނީ

ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ޒޯން 4 ގެ ގއ. އަތޮޅުގެ މެޗްތައް، ގއ.ވިލިނގިލީގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ޗެމްޕިއަންޝިޕްގެ މެޗްތަށް ފެށުމަށް ހަމަޖެހިފައިވަނީ 15 މޭ 2022 ވަނަ ދުވަހުން ފެށިގެންނެވެ.

މިގޮތުން މިމުބާރާތުގައި ބައިވެރިވެފައިވަނީ ވިލިނގިލި، މާމެންދޫ، ނިލަންދޫ އަދި ކޮނޑޭގެ ޓީމުންނެވެ. ކޮންމެ ދުވަހަކު ދެމެޗް ކުޅުމަށް ހަމަޖެހިފައިވާ މިކަޕްގެ ފައިނަލަށް ދަތުރުކުރާނީ ގްރޫޕް ސްޓޭޖްގައި އެންމެ ކުރި ހޯދާ ދެޓީމެވެ. މިމުބާރާތުގެ އަތޮޅު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 19 މެއި 2022 ވަނަ ދުވަހުއެވެ.

ގއ އަތޮޅުގެ ޗެމްޕިއަން އަދި ގދ. އަތޮޅުގެ ޗެމްޕިއަންއާ ވާދަކޮށް މޮޅުވާ ޓީމެއް ޒޯން 4 ގެ ޗެމްޕިއަންގެ ގޮތުގައި ކަނޑައެޅޭނެއެވެ. އަދި ރާއްޖޭގެ ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންނާއެކު މާލޭގައި މިމުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންޝިޕް ކުޅެވިގެންދާނެއެވެ.

Leave a Reply