ޓެކާސް މުބާރާތުގެ ތިންވަނަ ދުވަހުގެ މެޗްތައް

ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ގއ. އަތޮޅު މުބާރާތުގެ ތިންވަނަ ދުވަހު ދެމެޗެއް ކުޅެވިގެން ދިޔައެވެ. މިގޮތުން ފުރަތަމަ މެޗްގައި ގއ. މާމެންދޫ ޓީމާއި ކޮނޑޭ ޓީމް ބައްދަލުކުރި މެޗް 2-1 ލަނޑުން ކާމިޔާބުކުރީ ކޮނޑޭގެ ފުޓްސަލް ޓީމެވެ. ފޯރި ގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއެވެ.

ދެވަނަ މެޗްގައި ވިލިނގިލި ޓީމާއި ބައްދަލުކުރީ ނިލަންދޫގެ ފުޓްސަލް ޓީމެވެ. މިމެޗް 5-0 ލަނޑުން ކާމިޔާބުކުރީ ނިލަންދޫ ފުޓްސަލް ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިލަންދޫ ޓީމުގެ މުހައްމަދު ޝާވިން ހުސައިނެވެ.

މިމެޗުން ވިލިނގިލީ ޓީމު ބަލިވުމާއެކު، މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ވިލިނގިއްޔަށް ގެއްލުނީއެވެ.

މާދަމާވެސް މުބާރާތުގެ ދެމެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ހަވީރު 16:00 ގައި ބައްދަލުކުރާނީ ކޮނޑޭ އަދި ނިލަންދޫ ފުޓްސަލް ޓީމެވެ. 17:00 ގައި ބައްދަލުކުރާނީ ވިލިނގިލީ އަދި މާމެންދޫ ފުޓްސަލް ޓީމެވެ.

Leave a Reply