ޓެކާސް މުބާރާތުގެ ދެވަނަ ދުވަހުގެ މެޗްތައް

މިއަދުގެ ކުޅެވިގެން ދިޔައީ އިއްޔެގެ ދެވަނަ މެޗްގައި ބައްދަލުކުރި މާމެންދޫ ޓީމާއި ނިލަންދޫގެ ޓީމުގެ މެޗްގެ ނުކުޅެވި އޮތް ފަސް މިނިޓްގެ ކުޅުމެވެ. އަދި މިއަދަށް ޝެޑިއުލް ކޮށްފައި ހުރި މެޗްތައް މާދަމާ ކުޅޭގޮތަށް ވަނީ ނިންމާފައެވެ.

މިއަދު ކުޅެވުނު ފަސް މިނެޓްތެރޭ ނަތީޖާއަކަށް އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ. މެޗްގެ ފައިނަލް ސްކޯ އަކީ މާމެންދޫ 1 ނިލަންދޫ 0 ލަނޑެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާމެންދޫ ޓީމުގެ ރައުހާން ރިއްފަތެވެ.

މާދަމާ މުބާރާތުގެ ދެމެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ހަވީރު 16:00 ގައި ބައްދަލުކުރާނީ ކޮނޑޭ އަދި މާމެންދޫގެ ފުޓްސަލް ޓީމެވެ. 17:00 ގައި ބައްދަލުކުރާނީ ވިލިނގިލީ އަދި ނިލަންދޫގެ ފުޓްސަލް ޓީމެވެ.

Leave a Reply