ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލްގެ މެޗްތައް

ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި 26 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ހަވީރު 04:00 ގައި ބައްދަލުކުރީ އެފްސި މެޑޫސާ އަދި މިފްކޯގެ ޓީމެވެ. މިމެޗްގެ ފުރިހަމަ ވަގުތު ކުޅެ ނިމުނުއިރު 1-1 ލަނޑުން ދެޓީމު އެއްވަރު ވުމުން، މެޗްގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީ ކާމިޔާބުކުރީ މިފްކޯގެ ޓީމެވެ. ޕެނެލްޓީއާއެކު މެޗުގެ ނަތީޖާއަކީ މިފްކޯ 6-5 ލަނޑެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ މެޑޫސާގެ ޖާޒީ ނަންބަރ 05، އަަހްމަދު ވިއާމެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރީ މޭރީ ސްޕޯޓްސް ކްލަބާއި ލެޓްސް ގޯ ވިލީގެ ޓީމެވެ. މިމެޗް 4-2 ލަނޑުން ކާމިޔާބުކުރީ މޭރީ ސްޕޯޓްސް ކްލަބްގެ ޓީމެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޭރީ ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރ 05، އިބްރާހިމް މުބީން އެވެ.

ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ 28 ފެބްރުއަރީ 2022 ވަނަދުވަހުގެ ހަވީރު 04:30ގައެވެ. ފައިނަލްގައި ބައްދަލުކުރާނީ މިފްކޯ އަދި މޭރީ ސްޕޯޓްސް ކްލަބެވެ.

Leave a Reply