ފުޓްސަލް ޗެލެންޖްގެ ތިންވަނަ ދުވަހުގެ މެޗްތައް

ފުޓްސަލް ޗެލެންޖް 2022 ގެ ތިންވަނަ ދުވަހުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާގޮތަށް އޮތީ ވަޅަގަޑާ ބޯއިސް އަދި ލެޓްސް ގޯ ވިލި ގެޓީމެވެ. ވަޅަގަޑާ ބޯއިސް ގަޑިއަށް މެޗަށް ހާޒިރު ނުވުމުގެ ސަބަބުން، ލެޓްސް ގޯ ވިލި ޓީމް 3 ގޯލުން މިމެޗުން މޮޅުވިކަމަށް މުބާރާތުގެ ގަވާއިދުގައިވާ ގޮތަށް ރެފްރީން ނިންމިއެވެ. މިމެޗަކީ ވަޅަގަޑާ ބޯއިސްގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗަށް ވެފައި، އެއްވެސް މެޗަކުން މޮޅު ނުވެވުމުން އެޓީމަށް ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.

މިއަދުގެ ދެވަނަ މެޗްގައި މިފްކޯ އާއި އެފްސީ ޓަކް ޝޮޕް ބައްދަލުކުރި މެޗުން 01-16 ގެ ނަތީޖާއަކުން މިފްކޯ ވަނީ މޮޅުވެފައެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ޖާޒީ ނަންބަރ 10، އިބްރާހިމް ހަމްދާނެވެ.

މިމެޗުން އެފްސީ ޓަކްޝޮޕް ބަލިވުމާއެކު، އެޓީމުވެސް މިވަނީ މުބާރާތާއި އަލްވަދާއު ކިޔަންޖެހިފައެވެ. މާދަމާ ވެސް މިޖެލެންޖްގެ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު 04:00ގައި ބައްދަލުކުރާނީ ކޫއްޑޫ އެއަރޕޯޓާއި އެފްސީ މެޑޫސާއެވެ. ދެވަނަ މެޗްގައި 05:00 ގައި ބައްދަލުކުރާނީ މޭރީ ސްޕޯޓްސް އާއި ޖަންގަލް ސްޕޯޓްސްގެ ޓީމެވެ.

Leave a Reply