
ފުޓްސަލް ޗެލެންޖްގެ ތަށި މިފްކޯއިން އުފުލާލައިފި
ކުޅިވަރެ.ކޮމް ފުޓްސަލް ޗެލެންޖް 2022 ގެ ޗެމްޕިއަން ތަށި މިފްކޯއިން އުފުލާލައިފިއެވެ.
ގއ.ވިލިނގިލީ ކައުންސިލުން 2022 ވަނަ އަހަރު ތަންފީޒްކުރުމަށް އެކުލަވާލާފައިވާ ކުޅިވަރު ޕްލޭންގައި ހިމެނޭ 2 ވަނަ މުބާރާތް، ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗްގައި މޭރި ސްޕޯޓްސް ކްލަބްގެ ފުޓްސަލް ޓީމާއި ވާދަކޮށް މިފްކޯއިން ވަނީ 1-0 ލަނޑުން މެޗުން މޮޅުވެފައެވެ. ފައިނަލް މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މިފްކޯ ޓީމުގެ މުހައްމަދު އިމްތިޔާޒް އަހުމަދެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމްގެ އިބްރާހިމް އަސްވާދެވެ.
އެންމެ މޮޅު 5 ކުޅުންތެރިން
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެފްސީ މެޑޫސާގެ ކޯޗް، އަހުމަދު ޒުހައިރެވެ.
މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ލެޓްސް ގޯ ވިލި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމްގެ ޖާޒީ ނަންބަރ 10، އިބްރާހިމް ހަމްދާނެވެ.