ފުޓްސަލް ޗެލެންޖްގެ ދެވަނަ ދުވަހުގެ މެޗްތައް

ކުޅިވަރެ.ކޮމް ފުޓްސަލް ޖެލެންޖްގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ އެފްސީ މެޑޫސާ އަދި ކޫއްޑޫ އެއަރޕޯޓްގެ ޓީމެވެ. ފުރަތަމަ ހާފުގައި ކޫއްޑޫ އެއަރޕޯޓުން ވަނީ މޮޅު ކުޅުމެއް ދައްކާ ބޮޑު ލީޑެއް ނަގާފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 7-0 ގެ ނަތީޖާ އަކުން ކޫއްޑޫ އެއަރޕޯޓްގެ ޓީމު ކުރީގަ އޮވެގެންނެވެ. މެޗުގެ ފަހު ހާފުގައި އެފްސީ މެޑޫސާއިން ފަހު ހާފުގައި 2 ލަނޑު ކާމިޔާބު ކުރިއެވެ. މިމެޗް ނިމުނީ 2-7 ގެ ނަތީޖާއަކުން އެއަރޕޯޓްގެ ޓީމް މޮޅުވެގެންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޫއްޑޫ އެއަރޕޯޓްގެ ޖާޒީ ނަންބަރ 10، ހުސައިން އަފްސަލެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މޭރީ ސްޕޯޓްސް ކްލަބާއި ވިލި ޕޮލިސް ކްލަބެވެ. މިމެޗް ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މޭރީ ސްޕޯޓްސް މޮޅުވެގެންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޭރީ ސްޕޯޓްސްގެ ޖާޒީ ނަންބަރ 9، މައުފޫޒް އާދަމެވެ.

މާދަމާވެސް މިޗެލެންޖްގެ 2 މެޗް އޮންނާނެއެވެ. މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވަޅަގަޑާ ބޯއިސް އަދި ލެޓްސް ގޯ ވިލިއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އެފްސީ ޓަކްޝޮޕް އަދި މިފްކޯއެވެ.

Leave a Reply