ފުޓްސަލް ޗެލެންޖްގެ ފުރަތަަމަ ދުވަހުގެ މެޗްތައް

ކުޅިވަރެ.ކޮމް ފުޓްސަލް ޗެލެންޖް 2022 މިއަދު ފެށިއްޖެއެވެ. މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ވިލިނގިލީ މަސްވެރިންގެ ކްލަބާއި ވަޅަގަޑާ ބޯއިސްއެވެ. މިމެޗް 16-0 ލަނޑުން ކާމިޔާބުކުރީ ވިލިނގިލީ މަސްވެރިންގެ ކްލަބެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިނގިލީ މަސްވެރިންގެ ކްލަބްގެ ޖާޒީ ނަންބަރު 11 ހުސައިން މިފްރާހް ވަހީދު (މިއްޕޭ) އެވެ.

މިއަދުގެ ދެވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ޓަކް ޝޮޕް އަދި ކެޕިޓަލް ސިޓީއެވެ. މިމެޗް 4-2 ލަނޑުން ކާމިޔާބުކުރީ ކެޕިޓަލް ސިޓީއެވެ. މިމެޗްގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރިކުޅުމެއް ފެނިގެން ދިޔައެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކެޕިޓަލް ސިޓީގެ ޖާޒީ ނަންބަރު 8 މުހައްމަދު ޒަޔާންއެވެ.

މާދަމާވެސް މިޗެލެންޖްގެ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި 16:00 ގައި ބައްދަލުކުރާނީ އެފްސީ މެޑޫސާ އަދި ކޫއްޑޫ އެއަރޕޯޓްގެ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މޭރީ ސްޕޯޓްސް ކްލަބް އަދި ވިލި ޕޮލިސް ކްލަބެވެ.

Leave a Reply