
ފުޓްސަލް ޗެލެންޖްގެ ފަސްވަނަ ދުވަހުގެ މެޗްޗައް
ފުޓްސަލް ޗެލެންޖްގެ ފަސްވަނަ ދުވަހުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު 04:00 ގައި ބައްދަލުކުރީ ވިލިނގިލީ މަސްވެރިންގެ ކްލަބާއި ލެޓްސް ގޯ ވިލީގެ ޓީމެވެ. މިމެޗް 4-1 ލަނޑުން ކާމިޔާބުކުރީ ވިލިނގިލީ މަސްވެރިންގެ ކްލަބެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިނގިލީ މަސްވެރިންގެ ކްލަބްގެ ޖާޒީ ނަންބަރ 11، ހުސައިން މިފްރާހް ވަހީދެވެ.
މިމެޗުން މަސްވެރިންގެ ކްލަބް މޮޅުވުމާއި ގުޅިގެން، ގްރޫޕް A ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލްގައި ކުޅެން ޖެހޭނީ ގްރޫޕް C ގެ ދެވަނައަށްދާ ޓީމާއެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2022 ވަނަދުވަހުގެ 16:00 ގައެވެ.
ގްރޫފް A ގެ ދެވަނަ ޓީމެއްގެ ގޮތުގައި ލެޓްސްގޯ ވިލީގެ ޓީމް ކުއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް C ގެ އެއްވަނަ ޓީމް ކޫއްޑޫ އެއާޕޯޓާއެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2022 ވަނަދުވަހުގެ ހަވީރު 04:00 ގައެވެ.
މިއަދުގެ 2ވަނަ މެޗްގައި ހަވީރު 05:00 ގައި ބައްދަލުކުރީ މިފްކޯ އާއި ކެޕިޓަލް ސިޓީއެވެ. ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ 3-3 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ޖާޒީ ނަންބަރ 10، އިބްރާހިމް ހަމްދާނެވެ.
މިމެޗު 3-3 ލަނޑުން އެއްވަރު ވުމާއެކު، ގޯލުގެ ތަފާތުން ގްރޫޕް B ގެ އެއްވަނަ ޓީމެއްގެ ގޮތުގައި މިފްކޯ ވަނީ ކުއަޓާރ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓަރ ފައިނަލުގައި މިފްކޯއާއި ބައްދަލުކުރާނީ ގްރޫޕް D ގެ ދެވަނައަށްދާ ޓީމެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 05:00 ގައެވެ.
ގްރޫފް B ގެ ދެވަނަ ޓީމެއްގެ ގޮތުގައި ކެޕިޓަލް ސިޓީ ކުއާޓަރ ފައިނަލްގައި ކުޅެން ހަމަޖެހިފައިވަނީ ގްރޫޕް D ގެ އެއްވަނަ ޓީމް މޭރީ ސްޕޯޓްސް ކްލަބާއެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ހަވީރު 05:00 ގައެވެ.