ފުޓްސަލް ޗެލެންޖްގެ ކުއާރޓަރ ފައިނަލްގެ މެޗްތައް

ފުޓްސަލް ޗެލެންޖްގެ ކްއާޓާރ ފައިނަލްގެ ފުރަތަމަ މެޗްގައި 23 ފެބްރުއަރީ 2022 ގެ ހަވީރު 04:00 ގައި ބައްދަލުކުރީ އެފްސީ މެޑޫސާ އަދި ވިލިނގިލީ މަސްވެރިންގެ ކްލަބެވެ. މިމެޗް އެފްސީ މެޑޫސާ ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ މެޑޫސާގެ ޖާޒީ ނަންބަރ 19، އިސްމާއިލް އަޒީޒެވެ.

ކްއާޓާރ ފައިނަލްގެ ދެވަނަ މެޗްގައި 23 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 05:00 ގައި ބައްދަލުކުރީ މިފްކޯ އަދި ވިލި ޕޮލިސް ކްލަބެވެ. މިމެޗް މިފްކޯއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯގެ ޖާޒީ ނަންބަރ 8، އިބްރާހިމް އަޝްވާޑެވެ.

ކުއާޓާރ ފައިނަލްގެ 3 ވަނަ މެޗްގައި 24 ފެބްރުއަރީ 2022 ވަނަ ދުވަހު 04:00ގައި ބައްދަލުކުރީ ކޫއްޑޫ އެއާޕޯޓްގެ ޓީމާއި ލެޓްސްގޯ ވިލީގެ ޓީމެވެ. މިމެޗް 4-2 ލަނޑުން ކާމިޔާބުކުރީ ލެޓްސްގޯ ވިލިގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކީ އެޓީމުގެ ޖާޒީ ނަންބަރ 17، އިސްމާއިލް ވަޖީހެވެ.

ކްއާޓާރ ފައިނަލްގެ ފަހުމެޗްގައި 24 ފެބްރުއަރީ 2022 ވަނަދުވަހުގެ ހަވިރު 05:00ގައި ބައްދަލުކުރީ ކެޕިޓަލް ސިޓީ އަދި މޭރީ ސްޕޯޓްސް ކްލަބްގެ ޓީމެވެ. މިމެޗް 3-2 ލަނޑުން ކާމިޔާބުކުރީ މޭރީ ސްޕޯޓްސް ކްލަބްގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޭރީ ސްޕޯޓްސްގެ ޖާޒީ ނަންބަރ 17، އަލީ ޝިޔާހްއެވެ.

ސެމީ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 26 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ހަވީރުއެވެ. ފުރަތަމަ މެޗްގައި ހަވީރު 04:00 ގައި ބައްދަލު ކުރާނީ އެފްސީ މެޑުސާ އަދި މިފްކޯއެވެ. ދެވަނަ މެޗްގައި ހަވީރު 05:00 ގައި ބައްދަލުކުރާނީ މޭރީ ސްޕޯޓްސް ކްލަބް އަދި ލެޓްސްގޯ ވިލިގެ ޓީމެވެ.

Leave a Reply