ފުޓްސަލް ޗެލެންޖްގެ ހަތަރުވަނަ ދުވަހުގެ މެޗްތައް

ފުޓްސަލް ޗެލެންޖްގެ ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ ކޫއްޑޫ އެއަރޕޯޓްގެ ޓީމާއި ބީޗްބޯއިސްގެ ޓީމެވެ. މިމެޗު ނިމުނީ 8-2 ލަނޑުން ކޫއްޑޫ އެއަރޕޯޓްގެ ޓީމް މެޗް ކާމިޔާބު ކޮށްގެންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޫއްޑޫ އެއަރޕޯޓްގެ ޖާޒީ ނަންބަރު 9 ރައުހާން ރިއްފަތެވެ.

މިމެޗުން ކޫއްޑޫ އެއަރޕޯޓްގެ ޓީމް މޮޅުވުމާއި ގުޅިގެން އެޓީމް މިވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ކޫއްޑޫ އެއަރޕޯޓާއި ކުއާޓަރ ފައިނަލުގައި ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2022ގެ ހަވީރު 04:00 ގައެވެ.

މިއަދުގެ ދެވަނަ މެޗްގައި ހަވީރު 05:00ގައި ބައްދަލުކުރީ މޭރީ ސްޕޯޓްސް ކްލަބާއި ޖަންގަލް ސްޕޯޓްސް ކްލަބެވެ. މިމެޗް ނިމުނީ 9-4 ލަނޑުން މޭރީ ސްޕޯޓްސް ކްލަބް މޮޅުވެގެންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޭރީ ސްޕޯޓްސްގެ ޖާޒީ ނަންބަރު 17، އަލީ ޝިޔާހެވެ.

މިމެޗުން މޭރީ ސްޕޯޓްސް ކްލަބް މޮޅުވުމާއި ގުޅިގެން އެޓީމް މިވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މޭރީ ސްޕޯޓްސް ކްލަބް ކުއާޓަރ ފައިނަލުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2022ގެ ހަވީރު 05:00 ގައެވެ.

މާދަމާވެސް މިޗެލެންޖްގެ ފޯރިގަދަ ދެމެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވިލިނގިލީ މަސްވެރިންގެ ކްލަބާއި ލެޓްސްގޯ ވިލިގެ ޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކެޕިޓަލް ސިޓީ އަދި މިފްކޯއެވެ. މާދަމާވެސް ހަވީރު 04:00 ގައި މެޗްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply