ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2022 ވަނަ އަހަރުގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ދެވަނަ މުބާރާތް ”ފުޓްސަލް ޗެލެންޖް 2022“ 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ގއ.ވިލިނގިލި، ގއ.ކޫއްޑޫ އަދި ގއ. އަތޮޅުގެ ރިސޯޓްތަކުގެ ކްލަބް ޖަމްއިއްޔާ / ކުންފުނި އަދި ފިޔަފާރިތަކަށް ނިސްބަތްވާ ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން މިވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ފުޓްސަލް ޗެލެންޖްގައި ޓީމްތައް ރަޖިސްޓްރީ ކުރުމަށް ހާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރުމަށްފަހު 06 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ފުޓްސަލް ޗެލެންޖްގެ ޤަވާއިދު

ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމަށް އެދޭ ފޯމް

Comments (3)

  1. ހަމްދޫން

    މި މުބާރާތް ހުޅުވާލެވިފައި ވާގޮތުން އަޅުގަނޑައް ބޮޑަށް ސިފަވަނީ މިއީ ވިލިނގިލީ ކުޅުންތެރިންނަށް ކޮށްފައިވާ ވަރަށްބޮޑު މަލާމާތެއްކަމަށް.

  2. Mulhi atholhah hulhubaigen 5000 rufiyaage mubaaraai baahvan villingili Council ludhu kobaithoa

  3. 50k ah hadhaa, football ah zuvaanun joashu genuvan rangalhu inaaameh othun muhimmu.

Leave a Reply