ފުޓްބޯޅަ ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2022 ވަނަ އަހަރުގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ހަވަނަ މުބާރާތް ”ފުޓްބޯޅަ ޓޯނަމެންޓް 2022“ 17 ޖޫން 2022 ވާ ހުކުރު ދުވަހުގެ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ގއ.ވިލިނގިލި، ގއ.ކޫއްޑޫ އަދި ގއ. އަތޮޅުގެ ރިސޯޓްތަކުގެ ކްލަބް ޖަމްއިއްޔާ / އޮފީސް / ކުންފުނި ތަކަށް ނިސްބަތްވާ ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން މިވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ފުޓްބޯޅް ޓޯނަމެންޓްގައި ޓީމްތައް ރަޖިސްޓްރީ ކުރުމަށް ހާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރުމަށްފަހު 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ފުޓްބޯލް ޓޯނަމެންޓްގެ ޤަވާއިދު

ފުޓްބޯލް ޓޯނަމެންޓްގައި ބައިވެރިވުމަށް އެދޭ ފޯމް

Leave a Reply