
ބާސްކެޓްބޯލް
ފީބާ ”ބޯލް އިން ސްކޫލް“ ގއ.ވިލިނގިލީގައި
ފީބާގެ ފަރާތުން ރާއްޖޭގައި ހިންގި ”ބޯލް އިން ސްކޫލް“ ޕްރޮގްރާމް ގއ.ވިލިނގިލީގައި ކުރިއަށް ގެންގޮސްފިއެވެ.
ފިބާ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން އަދި ވިލިނގިލީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މިހަރަކާތް 19-23 މާރޗްއަށް ގއ. ވިލިނގިލީގައި ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވީ، ފީބާގެ ފަރާތުން މިހަރަކާތަށް ހާއްސަކޮށް ފޮނުވި ކޯޗް ނެމެންޖާ ޔެޑޮވް އަދި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކޯޗުންނެވެ. މިހަރަކާތުގެ މައިގަނޑު މަޤްސަދަކީ، ވިލިނގިލީގައި ބާސްކެޓްބޯޅައިގެ ހުނަރު ކުދިންނަށް ދަސްކޮށްދިނުމަށް ހަރަކާތްތެރިވާނެ އެމްބެސަޑަރުން އުފެއްދުމެވެ.
މިހަރަކާތުގެ ތެރެއިިން، ވިލިނގިލީގެ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން 3 ދުވަހުގެ ޓްރެއިނިންގ އެއް ހިންގިފައިވެއެވެ.