ފިއޮންތީގެ ނެޓްބޯޅަ އެކަޑެމީއެއް ގއ.ވިލިނގިލީގައި ރަސްމީކޮށް އިފްތިތާހުކޮށްފި

ވިލިނގިލީ ކައުންސިލްގެ އިސްނެންގެވުމަކަށް ފިއޮންތި ސްޕޯޓްސް އެކަޑެމީގެ ފަރާތުން ގއ.ވިލިނގިލީގައި ނެޓްބޯޅަ އެކަޑެމީއެއް އިފްތިތާހުކޮށްފިއެވެ. 100 އަށްވުރެ ގިނަ ދަރިވަރުންނާއި ޒުވާނުން ހިމެނޭ ގޮތަށް އިފްތިތާހު ކުރެވުނު މިއެކަޑެމީގެ ފަރިތަކުރުންތައް 13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އިންޓަރނޭޝަނަލް ކޯޗެއްގެ އެހީތެރިކަމާއެކު ފެށުމަށް ހަމަޖެހިފައިވާ ފަރިތަކުރުންތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 4 ދަންފަޅިއަކަށް ބަހާލައިގެން، ގއ. ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުގެ ނެޓްބޯޅަ ކޯޓުގައެވެ.

ނެޓްބޯޅަ ހަރަކާތްތައް ވިލިނގިލީގައި ކުރިއަށް ގެންދިއުމަށް ފިއޮންތި ސްޕޯޓްސް އެކެޑަމީއާއި ވިލިނގިލީ ކައުންސިލާއި ދެމެދު 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ. މިއެއްބަސްވުމުގެ ދަށުން އެކަޑެމީ ހިންގުމާއި، މުބާރާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

Leave a Reply