ފިއޮންތި ސްޕޯޓްސް އެކެޑަމީން ވިލިނގިލީގައި ނެޓްބޯލް އެކެޑަމީއެއް ޤާއިމްކުރަނީ

ފިއޮންތި ސްޕޯޓްސް އެކެޑަމީގެ ފަރާތުން ގއ.ވިލިނގިލީގައި ނެޓްބޯޅަ އެކެޑަމީއެއް ޤާއިމްކޮށް ކުޅުންތެރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން ނެޓްބޯލް ދަސްކުރުމަށް ޝައުޤުވެރިވާ ޒުވާނުންނާއި 8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މިހަރަކާތުގައި ކޮންމެ ބައިވެރިއެއްގެ ފަރާތުން މަހުފީއެއްގެ ގޮތުގައި 350 ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަފްތާއަކު 3 ދުވަހު ސެޝަންސްތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މިއެކެޑަމީގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ، އިންޓަނޭޝަނަލް ލައިސެންސް އޮންނަ ކޯޗުންނެވެ.

މިއެކަޑެމީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9997866 ނަންބަރަށް ވަޓްސްއެޕް ނުވަތަ ވައިބަރ މެދުވެރިކޮށް ތިރީގައިމިވާ މައުލޫމާތު ފޮނުވުމުން ރަޖިސްޓްރީވުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.

  • -ނަން
  • -ސްކޫލް
  • -އުމުރު
  • -ވައިބަރ ނަންބަރ

ފިއޮންތި ސްޕޯޓްސް އެކެޑަމީގެ ފައުންޑަރއަކީ ކުޅިވަރުގެ ދާއިރާގެ މަޝްހޫރު ކުޅުންތެރިޔާ އަދި ނެޓްބޯލް ކޯޗް އައިޝަތު ނާޒިމާއެވެ.

Leave a Reply