ވިލިނގިލީ ފުޓްސަލް ޓީމް އެކުލަވާލަނީ

ގއ. ވިލިނގިލީގައި ހޮސްޓް ކުރާގޮތަށް ހަމަޖެހިފައިވާ ”ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ގއ.އެޓޯލް ޓޯނަމެންޓް“ ގައި ވިލިނގިލި ތަމްސީލްކުރާނެ 10 ކުޅުންތެރިންގެ ފުޓްސަލް ޓީމެއް އެކުލަވާލުމަށް 7 ދުވަހުގެ ހާއްސަ ކޯޗިންގ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގެ މަގްސަދަކީ ހަމަހަމަ އުސޫލެއްގެ ތެރެއިން ފުޓްސަލް ކުޅެން ޝައުގުވެރިވާ ކުދިންނަށް ވިލިނގިލީ ޓީމަށް ކުޅުމުގެ ފުރުސަތު ހުޅުވާލުމެވެ. މިޕްރޮގްރާމަކީ ވިލިނގިލީ ކައުންސިލާއި، ކޮމިއުނިޓީ ސެންޓަރު ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން 03 މެއި 2022 ވަނަ ދުވަހުގެ ހަވީރު 15:45 އަަށް ޕްރެކްޓިސް ކިޓްގައި ވިލިނގިލީ ރަސްމީ ފުޓްބޯޅަ ދަނޑަށް ހާޒިރުވުމަށް ދައުވަތު އަރުވަމެވެ.  ފުޓްސަލް ޓީމް އެކުލަވާލުމުގައި މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އިސްކަމެއް ދެވޭނެކަން މިފުރުސަތުގައި ފާހަނގަކޮށްލަމެވެ.

މިމުބާރާތުގައި ބައިވެރިވާ ރަށްތަކުގެ ޓީމްތައް ތަމްސީލްކުރާ ކުޅުންތެރިން ވާންޖެހޭނީ އެރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. މިހާތަނަށް މިމުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ޓެކާސްއަށް ދީފައިވަނީ 4 ރަށަކުންނެވެ. އެ 4 ރަށަކީ ވިލިނގިލީގެ އިތުރުން ކޮނޑޭ، ނިލަންދޫ އަދި މާމެންދޫއެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 މެއި 2022 ވަނަދުވަހު ގއ.ވިލިނގިލީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

Leave a Reply