
ވިލިނގިލީގައި ފުޓްބޯޅަ އެކަޑަމީއެއް ޤާއިމްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަނީ
ގއ. ވިލިނގިލީގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމްކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރުމަށް އެކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 11 ވަނަ އާއްމު ޖައްސާ އިން ވަނީ ނިންމާފައެވެ.
މިގޮތުން ދިވެހި ސަރުކާރުގެ ގެޒެޓްގައި މިވަނީ މިކަމަށް އާއްމުކޮށް އިއުލާން ކުރެވިފައެވެ.
އެކަޑަމީއެއް ޤާއިމްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 31 މެއި 2022 ވާ އަންގާރ ދުވަހުގެ 13:00ގެ ކުރިން ކައުންސިލް އިދާރާއަށް އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެކައުންސިލުން އެދެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް މެއިލް ކުރައްވާނީ info@vilingili.gov.mv އަށެވެ. އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6822505 އަށެވެ.
ގއ.ވިލިނގިލީގައި ފުޓްބޯޅަ އެކަޑަމީއެއް ޤާއިމްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމާއި ބެހޭ