ވިލިނގިލީގައި މޫދު ކަސްރަތު ޕްރޮގްރާމެއް ބާއްވަނީ

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިލިނގިލީ ސްޓޭޝަނާއި ގުޅިގެން، އަންހެން ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހިންގާ ”ދުޅަލެހެޔޮ ސިއްޙަތަކަށް- މޫދު ކަސްރަތު“ ނަމުގައި މޫދު ކަސްރަތު ޕޮރޮގްރާމެއް މެއި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެފައެވެ.

މިޕްރޮގްރާމަކީ ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް ބައިވެރި ވެވޭގޮތަށް، އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށް ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މިވެބްސައިޓަށް މައުލޫމާތު ދެއްވާފައެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ނަންނޯޓް ކުރާ 40 ފަރާތަކަށެވެ. އެހެންކަމުން، މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 މެއި 2022 ވަނަ ދުވަހުގެ ކުރިން، 9882368 ނުވަތަ 7474829 ނަންބަރަށް މެސެޖްކުރެއްވުމަށް ނުވަތަ،  ވައިބާ މެދުވެރިކޮށް 7882040 އަށް މެސެޖް ކުރެއްވުމަށް އަންހެނުންގެ ކޮމިޓީއިން އެދެއެވެ.

މިގޮތުން ބައިވެރިވުމަށް އެދި ފޮނުވާ މެސެޖްގައި ފުރިހަމަ ނަން، އެޑްރެސް، އައިޑީކާޑް ނަންބަރ، އުފަން ތާރީޚް، އަދި ގުޅޭނެ ނަންބަރު ހިމެނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply