އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓް 2022 ފަށައިފި

2022 ވަނަ އަހަރު ގއ.ވިލިނގިލީގައި ތަންފީޒް ކުރުމަށް ވިލިނގިލީ ކައުންސިލުން އެކުލަވާލި ކުޅިވަރު ޕުލޭން “ކުޅިވަރެ.ކޮމް” ގައި ހިމެނޭ ފުރަތަމަ މުބާރާތް އިންޓަރ އޮފީސް ނެޓްބޯޅަ ޓޯނަމަންޓް 2022 ފަށައިފި. ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލު މުހައްމަދު ފައްޓަވައި ދެއްވި މި މުބާރާތުގެ 2 މެޗް މިރޭވަނީ ކުޅެވިފައެވެ. ކޫއްޑޫ އެއަރޕޯޓާއި މިފްކޯ ވާދަކުރި މުބާރާތުގެ ފުރަތަމެޗް 11 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ މިފްކޯއިންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ގޯލް އެޓޭކް ރާއްޖޭގެ މަޝްހޫރު ނެޓްބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާއެވެ.

މުބާރާތުގެ 2 ވަނަ މެޗްގައި ގއ.އަތޮޅު ހޮސްޕިޓަލާއި އިޤްރާ ބައްދަލު ކުރި މެޗް 11 ޕޮއިންޓް 4 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ގއ.އަތޮޅު ހެސްޕިޓަލުގެ ޓީމުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަން ހޮވިފައިވަނީ ގއ.އަތޮޅު ހޮސްޕިޓަލު ޓީމުގެ ގޯލް ޝޫޓަރ ޝަމަން ޝަރީފްއެވެ.

 

ޖެނުއަރީ 21 ން ޖެނުއަރީ 27 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 5 ޓީމަކުން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެޔަކު 20:15 ން ފެށިގެން، ގއ.ވިލިނގިލީ އިޖްތިމާއީ މަރުކަޒުގެ ނެޓްބޯލް ކޯޓުގައި އެވެ.

Leave a Reply