
އިންޑޯ ސްޕޯޓްސް ފެސްޓިވަލް 2022 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2022 ވަނަ އަހަރުގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ”އިންޑޯ ސްޕޯޓްސް ފެސްޓިވަލް 2022“ 07 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ގއ.ވިލިނގިލި، ގއ.ކޫއްޑޫ އަދި ގއ. އަތޮޅުގެ ރިސޯޓްތަކުގައި ދިރިއުޅޭ އަދި މަސައްކަތް ކުރާ ފަރާތްތަކަށް މިފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މިފެސްޓިވަލްގައި ކުރިއަށްދާނީ 5 ކުޅިވަރެކެވެ. މިކުޅިވަރުތަކަކީ:
- ކެރަމް
- ޓޭބަލް ޓެނިސް
- ޑާޓް
- ބިލިއާޑް
- ޗެސް
މިކުޅިވަރުތައް ކުޅެވޭނީ ސިންގަލް އިވެންޓްތަކުގެ ގޮތުގައެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ އިންޑޯ ސްޕޯޓްސް ފެސްޓިވަލް 2022 ގައި ޓީމްތައް ރަޖިސްޓްރީ ކުރުމަށް ހާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރުމަށްފަހު 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.