އިންޑޯ ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފި

ކުޅިވަރެ.ކޮމް އިންޑޯ ސްޕޯޓްސް ފެސްޓިވަލްގެ އިވެންޓްތަކުގެ ފައިނަލް މެޗްތައް މިރޭ ކުރިއަށްދިޔައިރު، ޑާޓް މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ މުހައްމަދު މުސައްވިރު އަދި ނިއުޝާޒް ޒުހުރީއެވެ. މިމެޗް ކާމިޔާބުކޮށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު މުސައްވިރުއެވެ.

ކެރަމް މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ އަޒީމް ހަސަން އަދި މަޒީދު އަބްދުﷲ އެވެ. މިމެޗް 25-06 ޕޮއިންޓުން ކާމިޔާބުކޮށް މިމުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ އަޒީމް ހަސަން އެވެ. އަޒީމް ހަސަނަކީ ވޭތުވެދިޔަ 3 އަހަރުގައި ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުން ބޭއްވުނު ކެރަމް މުބާރާތްތަކުގެ ޗެމްޕިއަނެވެ.

ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލްގައި އަބްދުﷲ ނައުފަލް އަދި ނިއުޝާޒް ޒުހުރީ ބައްދަލުކުރި މެޗް 3-0 ސެޓުން ކާމިޔާބުކުރީ ނިއުޝާޒު ޒުހުރީއެވެ.

ޗެސް މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ މުހައްމަދު ނަހުޝާން އަދި މަޒީދު އަބްދުﷲ އެވެ. މިމެޗް 2-1 ސެޓުން ކާމިޔާބުކުރީ މުހައްމަދު ނަހުޝާނެވެ.

ބިލިއާޑް މުބާރާތުގެ ފައިނަލްގައި ވާދަކުރީ އިބްރާހިމް ފައިޝަމް އަދި މުހައްމަދު ސަމާން ނާޒިމެވެ. މިމެޗް 2-1 ސެޓުން ކާމިޔާބުކުރީ މުހައްމަދު ސަމާން ނާޒިމެވެ.

Leave a Reply