
އިންޑޯ ކުޅިވަރު
އިންޑޯ ކުޅިވަރު ފެސްޓިވަލް 2022 ފެށިއްޖެ
ގއ. ވިލިނގިލީ ކައުންސިލުން އެކުލަވާލި ކުޅިވަރު ޕްލޭން، ކުޅިވަރެ.ކޮމް ގެ 5 ވަނަ މުބާރާތް ”އިންޑޯ ކުޅިވަރު ފެސްޓިވަލް 2022“ މިއަދު ފެށިއްޖެއެވެ. ބިލިއާޑް، ޓޭބަލް ޓެނިސް، ޗެސް، ޑާޓް އަދި ކެރަމް ގައި ޖުމްލަ 55 ބައިވެރިން ވާދަ ކުރާ މި އިވެންޓްގެ މެޗްތައް ކުރިއަށްދާނީ 07-10 މެއި، ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ވިލިނގިލީ އިޖްތިމާއީ މަރުކަޒުގެ އިންޑޯ ހޯލުގައެވެ.
މިއިވެންޓްތަކުގެ މެޗްތަކާއި، ކުޅުންތެރިން އަދި އެހެނިހެން މައުލޫމާތު މިވެބްސައިޓުން ފެންނަން ހުންނާނެއެވެ.