
ކުޅިވަރެ.ކޮމްގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް މަޅިއެމްވީ
ގއ.ވިލިނގިލީ ކައުންސިލުން 2022 ވަނަ އަހަރު ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްލޭން ”ކުޅިވަރެ.ކޮމް“ ގެ އޮފިޝަލުންގެ ކިޓް މަޅިއެމްވީ އިން ސްޕޮންސަރ ކޮށްފިއެވެ.
ތަފާތު ރީތި ޑިޒައިންތަކަށް ޖާޒީ ތައްޔާރުކުރާ މަޅިއެމްވީ އިން އޮފިޝަލް ކިޓް ސްޕޮންސަރ ކުރި ކުޅިވަރެ.ކޮމް ގެ ކުޅިވަރު ހަރަކާތްތައް 21 ޖެނުއަރީ 2022 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުޅިވަރެ.ކޮމް ގެ ކޮޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކަށް މަޅިއެމްވީގެ ހާއްސަ ވައުޗަރެއް ލިބިގެންދާނެއެވެ. މިވައުޗަރާއެކު މަޅިއެމްވީ އަށް ހުށަހެޅުމުން، ޓީމްތަކުގެ ޖާޒީ ހާއްސަ ޑިސްކައުންޓަކާއެކު ހަދާގޮތަށްވަނީ ހަމަޖެހިފައެވެ.
ކުޅިވަރެ.ކޮމްގެ ފުރަތަމަ މުބާރާތް ”އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓް“ 21 ޖެނުއަރީ 2022 ވާ ހުކުރު ދުވަހުގެ ރޭ 20:00 ގައި ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުގެ ނެޓްބޯޅަ ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
Comments (1)
ހަމްދޫން
މަޅިއެމްވީ އަކީ މަކަރު ހަދާބައެއް.