ކުޅިވަރު ޕްލޭނެއް ތަންފީޒުކުރުމަށް ވިލިނގިލީ ކައުންސިލުން ނިންމައިފި

2022 ވަނަ އަހަރުން ފެށިގެން ގއ.ވިލިނގިލީގައި މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ޕުލޭނެއް އެކުލަވާލައި އެ ޕުލޭނަން މިއަދުން ފެށިގެން އަމަލު ކުރުމަށް މިއަދު ވިލިނިގިލީ ކައުންސިލްގައި ބޭއްވުނު އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 29 ވަނަ އާއްމު ޖަލްސާއިން ނިންމައިފިއެވެ. ގއ.ވިލިނގިލީ ކުޅިވަރު ޕުލޭންގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހްތަކާއި މުބާރާތްތައް ޚާއްސަކުރެވިފައިވާ ފަރާތްތައްވެސް ފާހަނގަކުރެވިފައިވެއެވެ. 2022 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކުވެސް ކުޅިވަރުގެ ހަރަކާތެއް ވިލިނގިލީގައި ކުރިޔަށް ގެންދިއުމަށް ވިލިނގިލީ ކުޅިވަރު ޕުލެނުގައި ރޭވިފައިވެއެވެ. އަދި ހަމައެހެންމެ ކޮންމެ އަހަރެއްގެ އަޟްހާ އީދު އަވަށްތަކުގެ މެދުގައި ބޭއްވޭ ސަގާފީ ފޯރިގަދަ ހަރަކާތްތަކާއިއެކު ފާހަނގަ ކުރުމަށް ވިލިނގިލީ ކުޅިވަރު ޕުލޭންގައި ކަނޑައަޅާފައިވެއެވެ. ކުޅިވަރު ޕްލޭން ތިރީގައި ހިމަނާފައިވާނެއެވެ.

Leave a Reply