ކުޅިވަރެ.ކޮމް ރަސްމީކޮށް އިފްތިތާހުކޮށްފި

ގއ. ވިލިނގިލީގެ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ތާޒާ މައުލޫމާތު އެންމެ މުނާސަބު ވަގުތުގައި އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުޅިވަރެ.ކޮމް ގެ ނަމުގައި ޙާއްސަ ވެބްސައިޓެއް އިފްތިތާހް ކޮށްފިއެވެ. ވިލިނގިލީ ކައުންސިލުން އެކުލަވާލި ކުޅިވަރު ކޮމިޓީއިން ހިންގުމަށް ހަމަޖެހިފައިވާ މިވެބްސައިޓް އިފްތިތާހް ކޮށްދެއްވާފައިވަނީ ކުޅިވަރު ކުޅޭ ހުނަރުވެރި 3 ޒުވާނުންނެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް އަދި ކައުންސިލުގެ މެމްބަރުންގެ އިތުރުން ކުޅިވަރުކުޅޭ ގިނަ ޒުވާނުން ބައިވެރިވި މިހަފްލާގައި، ކުޅިވަރު ކޮމިޓީގެ ފަރާތުން ވެބްސައިޓާއި ބެހޭ ގިނަ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

Leave a Reply