ކުޅިވަރު ކޮމިޓީ އެކުލަވާލައިފި

ވިލިނގިލީ ކައުންސިލުން އެކުލަވާލާފައިވާ ކުޅިވަރު ޕްލޭން ތަންފީޒްކުރުމަށް 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ. ވިލިނގިލީ ކައުންސިލްގެ މެމްބަރެއް ރިޔާސަތު ބަލަހައްޓާގޮތަށް އެކުލަވާލި މިކޮމިޓީއަށް ބޭފުޅުން އައްޔަންކޮށްފައިވަނީ ވިލިނގިލީ ކައުންސިލްގެ4 ވަނަ ދައުރުގެ29 ވަނަ އާއްމު ޖަލްސާއިންނެވެ. މުބާރާތްތަކުގެ ޤަވާއިދު ހެދުމާއި، މުބާރާތްތައް ރާވާ ހިންގުމާއި، މުބާރާތްތަކަށް ސްޕޮންސަރުން ހޯދުމަކީ ކުޅުވަރު ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

ގއ. ވިލިނގިލީ ކުޅިވަރު ކޮމިޓީ

  1. އިބްރާހިމް ރަޝީދު
  2. މުހައްމަދު ދައުސް އަމީޒް
  3. ނިޔާޒް ނިޒާރު
  4. ރަޝީދާ ރަފީގް
  5. އަނީގާ ރަޝީދު
  6. ޖާވިދު މޫސާ
  7. އަލީ މުހައްމަދު އަލީ
  8. ޝާފިޒު މޫސާ
  9. މުހައްމަދު ޝަމްޝާދު
  10. ފަތުހީ މޫސާ
  11. ފާތިމަތު ޝަޒްމާ ހަސަން ހިލްމީ

Leave a Reply