ބާސްކެޓްބޯލް ޗެލެންޖް 2022 ފެށިއްޖެ!

ކުޅިވަރެ.ކޮމް 3 އެކްސް 3 ބާސްކެޓްބޯލް ޗެލެންޖް 2022 މިރޭ ފެށިއްޖެއެވެ. ޖުމްލަ 6 ޓީމަކުން ބައިވެރިވި މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ބަހާލެވިގެންނެވެ. ގުރޫޕް އޭގެ ޓީމް ތަކަކީ މެޑޫސާ، ޑެއިލީ ޑޯޒް އަދި އާރ އެސް ބިސްނަސްއެވެ. ގުރޫޕް ބީގެ ޓީމް ތަކަކީ ޑީރެވިއުސް، މޭރީ ސްޕޯޓްސް ކްލަބް އަދި މާލާ ރެސްޓެވެ.

މިގޮތުން މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ޑެއިލީ ޑޯޒް އާއި މެޑޫސާ އެވެ. މިމެޗް 11-10 އިން ކާމިޔާބް ކުރީ ޑެއިލީ ޑޯޒްގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑެއިލީ ޑޯޒް ޓީމްގެ ޖާޒީ ނަންބަރު 11 އަލީ ސާތިއު އެވެ.

މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރީ މާލާ ރެސްޓްގެ ޓީމާއި ޑިރެވިއުސްގެ ޓީމެވެ. މިމެޗް 15-11 ޕޮއިންްޓުން ކާމިޔާބުކުރީ މާލާ ރެސްޓްގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލާ ރެސްޓްގެ ޖާޒީ ނަންބަރ 7 ސުލްތާން ސުލައިމާންއެވެ.

މިރޭގެ ތިންވަނަ މެޗުގާ ބައްދަލުކުރީ ޑެއިލީ ޑޯސް އާއި އާރް އެސް ބިޒްނެސް ޓީމެވެ. މި މެޗް 11-05 ޕޮއިންޓުން ކާމިޔާބުކުރީ ޑެއިލީ ޑޯސް ގެ ޓީމެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފާއިވަނީ ޑެއިލީ ޑޯސް ޓީމްގެ ޖާރޒީ ނަންްބަރ 8 އަލީ އިބްރާހިމް އެވެ.

ޑެއިލީ ޑޯސް މިމެޗުން މޮޅުވުމާއެކު މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ވަނީ ކަށަވަރު ކޮށްފައެވެ. މާދަމާރޭވެސް މި މުބާރާތުގެ ތިން މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. މި ގޮތުން ފުރަތަމަ މެޗުގައި 21:30 ގައި ބައްދަލުކުރާނީ ޑިރެވިއުސް ގެ ޓީމާއި މޭރީ ސްޕޯޓްސް ކުލަބެވެ. ދެވަނަ މެޗުގައި 22:00 ގައި ބައްދަލު ކުރާނީ މެޑޫސާ އަދި އާރް އެސް ބިޒްނަސް ގެ ޓީމެވެ. މާދަމާރޭގެ ފަހުމެޗްގާ ބައްދަލުކުރާނީ މާލާރެސްޓް ގެ ޓިމާއި މޭރީ ސްޕޯޓްސް ކުލަބެވެ.

Leave a Reply