
ބާސްކެޓްބޯލް ޗެލެންޖްގެ ތަށި މެޑޫސާއިން އުފުލާލައިފި
ކުޅިވަރެ.ކޮމް ބާސްކެޓްބޯލް ޗެލެންޖް 2022 ގެ ޗެމްޕިއަން ތަށި މެޑޫސާއިން އުފުލާލައިފިއެވެ.
ގއ.ވިލިނގިލީ ކައުންސިލުން 2022 ވަނަ އަހަރު ތަންފީޒްކުރުމަށް އެކުލަވާލާފައިވާ ކުޅިވަރު ޕްލޭންގައި ހިމެނޭ 4 ވަނަ މުބާރާތް، ބާސްކެޓް ބޯލް ޗެލެންޖްގެ ފައިނަލް މެޗްގައި މާލާ ރެސްޓްގެ ބާސްކެޓްބޯލް ޓީމާއި ވާދަކޮށް މެޑޫސާއިން ވަނީ 14-11 ޕޮއިންޓުން މިމެޗުން މޮޅުވެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޑޫސާ ޓީމްގެ ޒިދުނީ އަހުމަދެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޑޫސާ ޓީމުގެ މައޫޝް ސޮބްރީއެވެ.
މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިއަކީ މޭރީ ސްޕޯޓްސްގެ ސުލްތާން ސުލައިމާނެވެ.
މުބާރާތުގެ އެންމެ މޮޅު ތިންކުޅުންތެރިން:
- – ސުލްތާން ސުލައިމާން / މާލާ ރެސްޓް
- – މުހައްމަދު އައުޒަމް / މޭރީ ސްޕޯޓްސް ކްލަބް
- – ނާސިހު ހަސަން / މޭރީ ސްޕޯޓްސް ކްލަބް
ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މެޑޫސާ ޓީމުގެ ޒިދުނީ އަހުމަދެވެ.
މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޑެއިލީ ޑޯޒްއެވެ.
މުބާރާތުގެ ރަނަރަޕް ޓީމް. (މާލާ ރެސްޓް)
މުބާރާތުގެ ޗެމްޕިއަން ޓީމް (މެޑޫސާ)