ބާސްކެޓްބޯލް ޗެލެންޖްގެ ފައިނަލްގައި މާލާ ރެސްޓް އަދި މެޑޫސާ

ކުޅިވަރެ.ކޮމް 3 އެކްސް 3 ބާސްކެޓްބޯލް ޗެލެންޖްގެ ފައިނަލަށް މާލާ ރެސްޓް އަދި މެޑޫސާ ދަތުރުކޮށްފިއެވެ. މިދެޓީމު ފައިނަލަށް ދިޔައީ މިރޭ ކުޅުނު ސެމީފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ.

އެގޮތުން މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މާލާ ރެސްޓް އަދި ޑެއިލީ ޑޯޒް އެވެ. މިމެޗް 14-11 ޕޮއިންޓުން ކާމިޔާބުކުރީ މާލާ ރެސްޓްގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލާ ރެސްޓްގެ ސުލްތާން ސުލައިމާނެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ދެވަނަ މެޗްގައި ބައްދަލުކުރީ މޭރީ ސްޕޯޓްސް ކްލަބާއި މެޑޫސާއެވެ. މިމެޗް 16-12 ޕޮއިންޓުން ކާމިޔާބުކުރީ މެޑޫސާއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޑޫސާގެ ޒިދުނީ އަހުމަދެވެ.

މި ޗެލެންޖްގެ ފައިނަލް މެޗް އޮންނާނީ 15 އޭޕްރީލް ވާ ހުކުރު ދުވަހުގެ ރޭ 21:30ގައެވެ.

Leave a Reply