ބާސްކެޓްބޯލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

2022 ވަނަ އަހަރުގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ”ބާސްކެޓްބޯލް ޗެލެންޖް 2022“ 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ ރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ގއ.ވިލިނގިލި، ގއ.ކޫއްޑޫ އަދި ގއ. އަތޮޅުގެ ރިސޯޓްތަކުގެ ކްލަބް ޖަމްއިއްޔާ / ކުންފުނި އަދި ފިޔަފާރިތަކަށް ނިސްބަތްވާ ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން މިވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ބާސްކެޓްބޯލް ޗެލެންޖްގައި ޓީމްތައް ރަޖިސްޓްރީ ކުރުމަށް ހާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރުމަށްފަހު 10 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ބާސްކެޓްބޯލް ޗެލެންޖްގައި ބައިވެރިވުމަށް އެދޭ ފޯމް

ބާސްކެޓްބޯލް ޗެލެންޖްގެ ޤަވާއިދު

Leave a Reply