ބާސްކެޓްބޯލް ގައުމީ ޓީމު ވިލިނގިލީގައި ކޭމްޕް ކުރަނީ

ކުރިއަށް އޮތް ”ފީބާ U18 އޭޝިއަން ޗެމްޕިއަންޝިޕް – ސާބާ ކޮލިފަޔަރސް“ އަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ 18 އަހަރުން ދަށުގެ ފިރިހެން ގައުމީ ސްކޮޑް، މެއި 11 އިން 18 އަށް ގއ. ވިލިނގިލީގައި ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ވިލިނގިލީގައި ކޭމްޕް ކޮށްގެން ބާއްވާ ތަމްރީންތަކުގައި ވިލިނގިލީގެ ކޯޗުންނާއި ރެފްރީން އަދި ޓޭބަލް އޮފިޝަލުން ބައިވެރިކުރާނެއެވެ. އަދި ވިލިނގިލީގައި ޓީމްތައް ރާވާ ހިންގުމުގައި ހަރަކާތްތެރިވާ މެނޭޖަރުންނާއި އޮފިޝަލުންނަށް މައުލޫމާތާއި ތަމްރީން ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާސްކެޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމަށް ބާއްވާ ހާއްސަ ތަމްރީންތަކެއްވެސް ކުރިއަށް ގެންދާނެއެވެ.

ޖުމްލަ 19 މެމްބަރުން ހިމެނޭ ބާސްކެޓްބޯޅަ 18 އަހަރުންދަށުގެ ގައުމީ ސްކޮޑްގެ ފުރަތަމަ ބެޗް މިއަދު ހެނދުނު ވަނީ ވިލިނގިއްޔަށް އައިސްފައެވެ. ސްކޮޑްގެ އެހެން މެމްބަރުން މިއަދު ހަވީރު ވިލިނގިއްޔަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

 

Leave a Reply