ބާސްކެޓްބޯލް އެގްޒިބިޝަން މެޗްތަކެއް ތިނަދޫއާއެކު ކުޅެފި

3 އެކްސް 3 އެގްޒިބިޝަން މެޗް ތަކެއް ގދ. ތިނަދޫ އާއި އެކު ވިލިނގިލީގެ ބާސްކެޓްބޯޅަ 3 ޓީމަކުން މިވަނީ ކުޅެވިފައެވެ. މިމެޗްތައް ކުރިއަށް ގެންދެވިފައިވަނީ 16 އޭޕްރީލްގައި ގދ. ތިނަދޫގައެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އިންތިޒާމްކުރެވުނު މިއިވެންޓްގައި ވިލިނގިލީގެ 3 ޓީމްގައި ހިމެނެނީ ސީނީއާރ އޭ ޓީމް، ސީނިއާރ ބީ ޓީމް އަދި މީގެ އިތުރުން ސުކޫލް ކުދިންގެ ޓީމެކެވެ. މި އެގްޒިބިޝަން ގައި ވޯލްޑް ޗެމްޕިއަން، އޮލިމްޕިއަން އަދި 3×3 ގެ ލެޖެންޑް ޑުސާން – (ބުލޫޓް) ވަނީ ބައިވެރިވެފައެވެ.

މިގޮތުން އެދުވަހު ހަވީރު ވަނީ ޑުސާން އާއެކު ސުކޫލް ކުދިން ގެ ބާސްކެޓްބޯލް ޓްރެއިނިން ޝެސަން ތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގްޒިބިޝަން 3 މެޗް ކުރިއަށް ގެންގޮސްފައިވަނީ ރޭގަނޑުއެވެ. އެގޮތުން އެންމެ ފުރަތަމަ ކުޅެވުނީ ވިލިނގިލީ ސްކޫލް ކުދިންގެ ޓީމާއި ތިނަދޫ ސްކޫލް ކުދިންގެ ޓީމާއި ދެމެދުއެވެ. މިމެޗް 3-1 ޕޮއިންޓުން ކާމިޔާބުކުރީ ވިލިނގިލީ ސްކޫލް ކުދިންގެ ޓީމެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ ވިލިނގިލީ ސީނިއަރ ބީ ޓީމާއި ތިނަދޫ ސީނިއަރ ބީޓީމެވެ. މިމެޗް 5-3 ޕޮއިންޓުން ކާމިޔާބުކުރީ ތިނަދޫގެ ޓީމެވެ.

ތިންވަނަ މެޗްގައި ވިލިނގިލީ ސީނިއަރ އޭ ޓީމާއި ތިނަދޫ ސީނިއަރ އޭ ޓީމް ބައްދަލުކޮށް، 14-11 ޕޮއިންޓުން ވިލިނގިލީ ޓީމް ވަނީ މިމެޗް ކާމިޔާބުކޮށްފައެވެ.

 

މިމެޗްތައް ބައްލަވާލެއްވުމަށް ހާއްސަ މެހެމާނެއްގެ ގޮތުން ޑުސާން ވެސް ބައިވެރިވިއެވެ. އަދި މިމެޗްތައް ނިމުމުން، މިއިވެންޓްގެ އޯގަނައިޒަރުންނާއި (ޑުސާން ހިމެނޭހެން ) ވިލިނގިލީ އަދި ތިނަދޫއިން ހޮވާލެވުނު ކުޅުންތެރިންނާ އެކު އެގްޒިބިޝަން މެޗެއް ކުރިއަށް ގެންދިޔައެވެ.

Leave a Reply