
ނެޓްބޯލް ޓޯނަމެންޓްގް ޗެމްޕިއަންކަން މިފްކޯއަށް
އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓް 2022 ގެ ފައިނަލުގައި ވިލިނގިލީ ކައުންސިލްގެ ނެޓްބޯލް ޓީމާއި ވާދަކޮށް ތަފާތު ބޮޑު ނަތީއްޖާއަކުން ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަށް މިފްކޯ ނެޓްބޯލް ޓީމުން ވަނީ ހޯދާފައިއެވެ. މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ޝަރަފްވެރި ކޮއްދެއްވި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ގޯލް ޑިފެންޑަރ ރުވަނީ ޔަޓިގަންބަނާއެވެ. ފައިނަލް މެޗް ނިމުމާއި އެކު މުބާރާތުގެ ވަނަ ވަނައަށް ގޮސްފައިވާ ޓީމުތަކަށާއި މުބާރާތުގެ އެކިއެކި މަޤާމުތަކަށް ހޮވިފައިވާ ކުޅުންތެރިންނަން ފައިސާގެ އިނާމާއި ޓުރޮފީ އަދި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައިއެވެ.
ކުޅިވަރެ.ކޮމް އިންޓރ އޮފީސް ނެޓްބޯލް ޓޯނަމަންޓް 2022 ގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ އައިޝަތު ނާޒިމާއެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ކޫއްޑޫ އެއަރޕޯޓް ޓީމުގެ މަރިޔަމް ޝައިޝާ ނަސީމުއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ކޯޗް ތަމްހީން ހަސަންއެވެ.
މުބާރާތުގެ ފެއަރޕުލޭ ޓީމަކީ ކޫއްޑޫ އެއަރޕޯޓް ޓީމެވެ.