ނެޓްބޯލް ޓޯނަމެންޓްގެ 5 ވަނަ ރޭގެ މެޗްތައް

އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓްގެ ހަތަރުވަނަ ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ވިލިނގިލީ ކައުންސިލްގެ ޓީމާއި ޓީމް އިޤްރާއެވެ. މިމެޗް ނިމުނީ 28-10 ޕޮއިންޓުން ވިލިނގިލީ ކައުންސިލް މޮޅުވެގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިނގިލީ ކައުންސިލް ޓީމުގެ ސެންޓަރ ޝަހުޒާ އަބްދުލް އަޒީޒެވެ. ވިލިނގިލީ ކައުންސިލްގެ ޓީމް މިމެޗުން މޮޅުވުމުން، އެޓީމް މިވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ޓީމް އިޤްރާ މުބާރާތުގެ އެއްވެސް މެޗަކުން މެޅުވެފައި ނުވާތީ އެޓީމް މިވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.

މިރޭގެ ދެވަނަމެޗުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ކޫއްޑޫ އެއަރޕޯޓްގެ ޓީމް ބައްދަލުކޮށް، ކޫއްޑޫ އެއަރޕޯޓްގެ ޓީމް ވަނީ މިމެޗުން މޮޅުވެފައެވެ 07-25 ޕޮއިންޓުން އެއަރޕޯޓް ޓީމް މިމެޗުން މޮޅުވި އިރު މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ވިންގް އެޓޭކް ނަހުދާ މޫސާއެވެ. ކޫއްޑޫ އެއަރޕޯޓާއި ގއ. އަތޮޅު ހޮސްޕިޓަލް ވެސް މިވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ. 5 ޓީމު ބައިވެރިވި މިމުބާރާތުގައި، ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދި 4 ޓީމެވެ.

މާދަމާރޭ މިމުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅެން ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕްގެ އެއްވަނަ ޓީމް މިފްކޯއާއި ގްރޫޕްގެ 4 ވަނަ ޓީމް ގއ. އަތޮޅު ހޮސްޕިޓަލެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕްގެ 2 ވަނަ ޓީމް ވިލިނގިލީ ކައުންސިލާއި ގްރޫޕްގެ 3 ވަނަ ޓީމް ކޫއްޑޫ އެއަރޕޯޓެވެ.

މުބާރާތުގެ ފައިނަލްމެޗް އޮންނާނީ 27 ޖެނުއަރީ 2022ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ.

Leave a Reply