
ނެޓްބޯލް ޓޯނަމެންޓްގެ 4 ވަނަ ރޭގެ މެޗްތައް
އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓްގެ ހަތަރުވަނަ ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މިފްކޯ ޓީމާއި ގއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. މިމެޗް ނިމުނީ 43-05 ޕޮއިންޓުން މިފްކޯ މޮޅުވެގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ގޯލް އެޓޭކް އައިޝަތު ނާޒިމާއެވެ.
މިރޭގެ ދެވަނަމެޗުގައި ވިލިނގިލީ ކައުންސިލްގެ ޓީމާއި ކޫއްޑޫ އެއަރޕޯޓްގެ ޓީމް ބައްދަލުކޮށް، ވިލިނގިލީ ކައުންސިލް ވަނީ މިމެޗުން މޮޅުވެފައެވެ. 22-18 ޕޮއިންޓުން ވިލިނގިލީ ކައުންސިލްގެ ޓީމު މިމެޗުން މޮޅުވި އިރު މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ގޯލް އެޓޭކް ފާތިމަތު ޖޫޒަން ޒަރީރެވެ.
މާދަމާރޭވެސް މިމުބާރާތުގެ ދެމެޗެއްގެ ކުޅުން ކުރިއަށްދާނެއެވެ. މިގޮތުން ފުރަތަމަ މެޗުގައި 20:15ގައި ބައްދަލުކުރާނީ ޓީމް އިޤްރާއާއި ވިލިނގިލީ ކައުންސިލްގެ ޓީމެވެ. ދެވަނަ މެޗްގައި 21:15ގައި ބައްދަލުކުރާނީ ކޫއްޑޫ އެއަރޕޯޓް އާއި ގއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.