
ނެޓްބޯލް ޓޯނަމެންޓްގެ 3 ވަނަ ރޭގެ މެޗްތައް
އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓްގެ ދެވަނަ ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ކޫއްޑޫ އެއަރޕޯޓްގެ ޓީމާއި ގއ. ޓީމް އިގްރާއެވެ. މިމެޗް ނިމުނީ 24-10 ޕޮއިންޓުން އެއަރޕޯޓް މޮޅުވެގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެއަރޕޯޓް ޓީމުގެ ސެންޓަރ މަރިޔަމް ޝާއީއެވެ.
މިރޭގެ ދެވަނަމެޗުގައި ވިލިނގިލީ ކައުންސިލްގެ ޓީމާއި މިފްކޯ ބައްދަލުކޮށް، މިފްކޯވަނީ މިމެޗުން މޮޅުވެފައެވެ.08=31 ޕޮއިންޓުން މިފްކޯ މިމެޗުން މޮޅުވި އިރު މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ގޯލް ޑިފެންސް ޔަޓިގަންމަނައެވެ.
މާދަމާރޭވެސް މިމުބާރާތުގެ ދެމެޗެއްގެ ކުޅުން ކުރިއަށްދާނެއެވެ. މިގޮތުން ފުރަތަމަ މެޗުގައި 20:15ގައި ބައްދަލުކުރާނީ ގއ. އަތޮޅު ހޮސްޕިޓަލް އާއި މިފްކޯގެ ޓީމެވެ. ދެވަނަ މެޗްގައި 21:15ގައި ބައްދަލުކުރާނީ ކޫއްޑޫ އެއަރޕޯޓް އާއި ވިލިނގިލީ ކައުންސިލްގެ ޓީމެވެ.