ނެޓްބޯލް ޓޯނަމެންޓްގެ 2 ވަނަރޭގެ މެޗްތައް

އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓްގެ ދެވަނަ ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގއ. އަތޮޅު ހޮސްޕިޓަލްގެ ޓީމާއި ގއ. ވިލިނގިލީ ކައުންސިލްގެ ޓީމެވެ. މިމެޗް ނިމުނީ 19 -19 ޕޮއިންޓުން ދެޓީމު އެއްވަރުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކައުންސިލް ޓީމުގެ ގޯލް އެޓޭކް ފާތިމަތު ޖޫޒަންއެވެ.

މިރޭގެ ދެވަނަމެޗުގައި ޓީމް އިގްރާއާއި މިފްކޯ ބައްދަލުކޮށް، މިފްކޯވަނީ ތަފާތު ބޮޑު ނަތީޖާއަކުން މިމެޗުން މޮޅުވެފައެވެ. 55-01 ޕޮއިންޓުން މިފްކޯ މިމެޗުން މޮޅުވި އިރު މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ގޯލް އެޓޭކް އައިޝަތު ނާޒިމާއެވެ.

މާދަމާރޭވެސް މިމުބާރާތުގެ ދެމެޗެއްގެ ކުޅުން ކުރިއަށްދާނެއެވެ. މިގޮތުން ފުރަތަމަ މެޗުގައި 20:15ގައި ބައްދަލުކުރާނީ ޓީމް އިގްރާ އާއި ކޫއްޑޫ އެއަރޕޯޓްގެ ޓީމެވެ. ދެވަނަ މެޗްގައި 21:15ގައި ބައްދަލުކުރާނީ މިފްކޯ އާއި ވިލިނގިލީ ކައުންސިލްގެ ޓީމެވެ.

Leave a Reply