ނެޓްބޯލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗުތައް

އިންޓަރ އޮފީސް ނެޓްބޯލް ޓޯނަމެންޓްގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގއ.އަތޮޅު ހޮސްޕިޓަލް ޓީމާއި ޓީމް މިފްކޯއެވެ. މިމެޗް ނިމުނީ 38-7 ޕޮއިންޓުން މިފްކޯ މޮޅުވެގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްކޯ ޓީމުގެ ގޯލް ޑިފެންސް މަޝްހޫދާ އަބްދުﷲ އެވެ. މިފްކޯ ޓީމް މިމެޗުން މޮޅުވުމުން، އެޓީމް މިވަނީ  ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.

މިރޭގެ ދެވަނަމެޗުގައި ކޫއްޑޫ އެއާޕޯރޓް ޓީމާއި ވިލިނގިލީ ކައުންސިލް ޓީމް ބައްދަލުކޮށް، ވިލިނގިލީ ކައުންސިލް ޓީމް ވަނީ މިމެޗުން މޮޅުވެފައެވެ. 20-25 ޕޮއިންޓުން ކައުންސިލް ޓީމް މިމެޗުން މޮޅުވި އިރު މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ގޯލް ޝޫޓަރ ފާތިމަތު ޖޫޒަން ޒަރީރުއެވެ. މިފްކޯ އަދި ވިލިނގިލީ ކައުންސިލް މިވަނީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ.

މާދަމާރޭ މިމުބާރާތުގެ ފައިނަލް މެޗްތައް ކުޅެން ހަމަޖެހިފައިވާއިރު، މެޗްގައި ބައްދަލުކުރާނީ މިފްކޯއާއި ވިލިނގިލީ ކައުންސިލްއެވެ.

މުބާރާތުގެ ފައިނަލްމެޗް އޮންނާނީ 27 ޖެނުއަރީ 2022ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ.

Leave a Reply