
ނެޓްބޯޅަ
ނެޓްބޯޅަ މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއްޖެ
ވިލިނގިލީ ކުޅިވަރު ޕްލޭންގައި ހިމެނޭ ފުރަތަމަ މުބާރާތް ”އިންޓަރ އޮފީސް ނެޓްބޯޅަ ޓޯނަމެންޓް“ ގައި 5 ޓީމަކުން ބައިވެރިވެއްޖެއެވެ. މި ފަސްޓީމަކީ:
- ކޫއްޑޫ އެއަރޕޯޓް (ޖީކޭކޭ)
- ގއ. އަތޮޅު ހޮސްޕިޓަލް (ގާހް)
- އިޤްރާ އިންޓަރނޭޝަނަލް ޕްރީސްކޫލް (ޓީމް އިޤްރާ)
- މިފްކޯ
- ގއ. ވިލިނގިލީ ކައުންސިލް
ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ގްރޫޕް ސްޓޭޖްގެ މެޗްތަކަށްފަހު އެންމެ ގިނަ ޕްއިންޓް ލިބޭ 4 ޓީމެއް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. ސެމީފައިނަލުން މޮޅުވާ 2 ޓީމްގެ މެދުގައި ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވި ޓީމްތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ 17 ޖެނުއަރީގައެވެ. ގުރުއަތު ލުން ނިމުމުން މެޗްތަކުގެ ޝެޑިއުލާއި، ޓީމްތަކުގެ މައުލޫމާތު މިވެބްސައިޓުން ފެންނަން ހުންނާނެއެވެ.