
ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
2022 ވަނަ އަހަރުގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގއ.ވިލިނގިލީ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ފުރަތަމަ މުބާރާތް ”އިންޓަރ އޮފީސް ނެޓްބޯލް ޓޯރނަމެންޓް 2022“ 21 ޖެނުއަރީ 2022 ވާ ހުކުރުދުވަހުގެ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ގއ.ވިލިނގިލި އަދި ގއ.ކޫއްޑޫގައި ޤާއިމްކުރެވިފައިވާ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރަށް ގއ.އަތޮޅުގެ ރިސޯޓްތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ
މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އޮފީސްތަކުން މިވެބްސައިޓުގެ ޑައުންލޯޑް ޕޭޖްގައިވާ ނެޓްބޯޅަ މުބާރާތަށް ޓީމްތައް ރަޖިސްޓްރީ ކުރުމަށް ހާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރުމަށްފަހު 10 ޖެނުއަރީ 2022 ވާ ހޯމަދުވަހުގެ ރޭ 22:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
އިންޓަރ އޮފީސް ނެޓްބޯޅަ ޓޯނަމެންޓްގެ ޤަވާއިދު
އިންޓަރ އޮފީސް ނެޓްބޯޅަ ޓޯނަމެންޓްގައި ބައިވެރިވުމަށް އެދޭ ފޯމް