ނެޓްބޯޅަ އެކަޑެމީގެ ޓްރެއިނިންގްތައް ފަށައިފި

ފިއޮންތި އެކަޑެމީގެ ފަރާތުން ގއ.ވިލިނގިލީގައި ގާއިމްކުރި ނެޓްބޯޅަ އެކަޑެމީގެ ޓްރެއިނިންގްތައް މިއަދު ފަށައިފިއެވެ. ޖުމްލަ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިޓްރެއިނިންތައް ކޮންމެ ހަފްތާއަކު ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ހަވީރާއި ރޭގަނޑު ވިލިނގިލީގެ ކޮމިއުނިޓީ ސެންޓަރުގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށްދާނެއެވެ.

މިއެކަޑެމީގައި 100 އަށްވުރެ ގިނަ ކުދިންނާއި ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިއީ ވިލިނގިލީގައި މިފަދަ އެކަޑެމީއެއް ގާއިމްކުރެވުނު ފުރަތަމަ ފަހަރަށް ވެފައި ، ބައިވެރިންގެ އަދަދުންވެސް މިފަދަ ކަމަކަށް ވިލިނގިލިން އެދިއެދި ތިބި މިންވަރު ހާމަވެގެންދާކަމަށް ވިލިނގިލީގެ ކައުންސިލުން ކުޅިވަރު ހަރަކާތްތަކާއި، އިޖްތިމާއީ ކަންކަން ވިލަރެސްކުރާ ކައުންސިލް މެމްބަރ އިބްރާހިމް ރަޝީދު ފާހަނގަކުރެއްވިއެވެ.

ފިއޮންތި އެކަޑަމީގެ ފަރާތުން ވިލިނގިލީގައި ނެޓްބޯޅަ އެކަޑެމީއެއް ގާއިމް ކުރެވުނީ ވިލިނގިލީގެ ކައުންސިލްގެ އިސްނެންގެވުމަކަށް 10 ފެބްރުއަރީ 2022 ވަނަދުވަހުއެވެ. މިއެކަޑެމީ ކުރިއަށް އޮތް 4 އަހަރު ދުވަހަށް ވިލިނގިލީގައި ކުރިއަށް ގެންދިއުމަށް ވިލިނގިލީ ކައުންސިލާއި ފިއޮންތި ސްޕޯޓްސް އެކަޑަމީއާއެކު ވަނީ އެމް އޯ ޔޫ އެއްގައި ސޮއިކުރެވިފައެވެ. ފިއޮންތި އެކަޑެމީގެ ފައުންޑާއަކީ ކުޅިވަރުގެ ދާއިރާގައި މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު އައިޝަތު ނާޒިމާއެވެ.

Leave a Reply